ޚަބަރު

ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ރާއްޖެއަށް ޖަޕާނުން ހަދިޔާކުރާ ތަކެތީގެ ލިސްޓް ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަހަރުގެ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖެއަށް ޖަޕާނުން ހަދިޔާކުރާ ތަކެތީގެ ލިސްޓް ހަވާލުކޮށްފިއެވެ.

އޯ.އައި.ސީ ސްޓެޓިއުޓް ފޮރ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ފޮރިން މިނިސްޓަރ ޝާހިދު ސޮއިކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އުތައިމީންއާ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ އެޖަމާޢަތުގެ މައި އިދާރާގައި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް އިންޑިއާއިން ހިލޭ އެހީ ދެއްވައިފި

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި 1,998,206 ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960