ޚަބަރު

ނިއުޔޯކް: 23 ސެޕްޓެމްބަރ 2016

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާސިމް، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ބާންކި މޫން އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ އދ. ގެ މައި މަރުކަޒުގައި މިއަދު ހަވީރު 6:30 ގައެވެ.

މިބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ މައްސަލަތައް ކަމަށްވާ ކްލައިމެޓް ޗޭންޖާއި، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ މައްސަލަތަކުގައި ދިވެހި ރާއްޖެއިން އަދާ ކުރަމުންގެންދާ އިސްދައުރަށް ތައުރީފް ކުރައްވައި މަރުހަބާ ވިދާޅުވިއެވެ.

މިނިސްޓަރ އާސިމްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މާހައުލާ ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލްއަށް މައުލޫމާތު އެރުއްވިއެވެ. ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، ސިޔާސީ ޕާޓީ ތަކާއެކު ބާއްވާ މަޝްވަރާތަކުގައި އދ. އިން އަބަދުވެސް ރާއްޖެއަށް މަދަދުދީ، އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960