ޚަބަރު

ވިއެޓްނާމްގެ ގައުމީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ފޮނުއްވައިފި

ވިއެޓްނާމްގެ ގައުމީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ފޮނުއްވައިފި

Ref: 2025/PR/262

ވިއެޓްނާމްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި  ޚާރިޖީ ވަޒީރު ބުއި ތަންހް ސަންއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރގެ މެސެޖު ތިރީގައި އެވަނީއެވެ.

"ވިއެޓްނާމްގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ވިއެޓްނާމް ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި ވިއެޓްނާމްއާ ދެމެދު އޮންނަ އެކުވެރި ގުޅުމަކީ ދިވެހިރާއްޖެއިން އަގުވަޒަންކުރާ ގާތްގުޅުމެކެވެ. އަދި މި ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

މިފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި ވިއެޓްނާމްގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. 
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960