Ref: 2024/PR/225
ވަނުވާޓޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު މާޓާއީ ނަވާލޫ ސެރަމަޔާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ވަނުވާޓޫގެ 44 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ވަނުވާޓޫގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަމެވެ
އަޅުގަނޑުގެ އުންމީދަކީ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވެގެންދިޔުމާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުން އަންނަ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތައް ކެނޑިނޭޅި ދެމިއޮތުމެވެ
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމާއި މަނިކުފާނަށް ކާމިޔަބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދި ހެޔޮ އެދުން އަރިސްކުރަމެވެ. އަދި ވަނުވާޓޫގެ ރައްޔިތުންނަށް ކުރިއެރުމަށް އެދި ދެންނެވުމަށްވެސް، މި ފުރުޞަތު ބޭނުންކުރީމެވެ
ނިމުނީ