Ref: 2024/PR/347
ތުރުކިޔޭގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހަކާން ފިދާން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ތުރުކިޔޭ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި، ތުރުކިޔޭގެ ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ޚާއްޞަ އުފަލެކެވެ.
ދިވެހިރާއްޖެއާއި ތުރުކިޔޭ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަކީ 45 އަހަރުގެ ޑިޕްލޮމެޓިކް ގުޅުމަށްވުރެ ދިގު މުއްދަތެއް ކަޑައްތުކޮށްފައިވާ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އަޅުގަނޑުމެންގެ ދެ ޤައުމަކީ ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައި އޮތް ދެޤައުމުކަމުގައި ވީނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އަބަދުވެސް ބަދަހިވަމުން އަންނަ ގުޅުމާއި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެ، ހަރުދަނާ ވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
ތުރުކިޔޭގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރަމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.