ޚަބަރު

ޓޮންގާ ގެ ޚާރިޖީ ވަޒީރު އަދި މިނިސްޓަރ ފޮރ ހިޒް މެޖެސްޓީސް އާރމްޑް ފޯރސަސް އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޓޮންގާ ގެ ޚާރިޖީ ވަޒީރު އަދި މިނިސްޓަރ ފޮރ ހިޒް މެޖެސްޓީސް އާރމްޑް ފޯރސަސް އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/334

ޓޮންގާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އަދި މިނިސްޓަރ ފޮރ ހިޒް މެޖެސްޓީސް އާރމްޑް ފޯރސަސް ހިޒް ރޯޔަލް ހައިނަސް ވަލީއަޙުދު ޓުޕޮއުޓުއާ އުލުކަލަލާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ޓޮންގާ ގެ ސަރުކާރަށާއި އަދި އެންމެހާ ރައްޔިތުންނަށް، ޓޮންގާ ގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި ޓޮންގާ އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަން އަޅުގަނޑަށް ޔަގީނެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960