ޚަބަރު

ތިމޯރ-ލެސްތޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ އަރިސްކުރައްވައިފި

‎‏‎Ref: 2025/PR/119

ތިމޯރ-ލެސްތޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ބެންދިތޯ ދޮސް ސަންތޯސް ފްރެއިތަސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‎‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި،  ތިމޯރ-ލެސްތޭގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބާގެ ތަހުނިޔާ އާއި ހެޔޮއެދުންތައް މަނިކުފާނަށާއި ތިމޯރް-ލެސްތޭ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރަމެވެ.

‎ ދިވެހިރާއްޖެއާއި ތިމޯރ-ލެސްތޭ އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ  ދެޤައުމުކަމުން، ދެ ޤައުމުގެ މެދުގައި އޮތް ގާތް އެކުވެރިކަމުގެގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

‎‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

‎ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960