ޚަބަރު

ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ފޮރިން ސެކްރެޓަރީއާ ބައްދަލުކުރެއްވުން

20 މާރޗް 2017، މާލެ

 

 ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ސިރާޖުއްދީން ޙާމިދް ޔޫސިފް ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދުއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމުގެ މުނާސަބަތުގައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. އަދި އެކި

ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމައް އިތުރު މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި ފޮރިން ސެކްރެޓަރީ ހާމަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

 

ސޫދާނުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސޫދާނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިއެރުން ގެނައުމުގައި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެ. 

 

މިބައްދަލުކުރެއްވުމުގައި، ފޮރިން ސެކްރެޓަރީގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ، ޢަބްދުލްވާރިޘް ސަޢީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ އަރިހުގައި މިލިޓަރީ އަޓަޝޭ ބްރިގޭޑިއާ ޢުސްމާން އިސްމާޢީލް ސިރާޖާއި، ކައުންސިލަރ ޢަބްދުއްރަޙްމާން ޢަލީއާއި، އަޓަޝޭ އިސްޙާޤް ޔޫސިފް އިސްޙާޤް ‏ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960