Ref: 2025/PR/173
ސްލޮވީނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރު ނައިބު އަދި ޚާރިޖީ ވަޒީރު ޓާންޔާ ފަޔޯން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ އަބދުﷲ ޙަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސްލޮވީނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކަމަނާއަށާއި ސްލޮވީނިއާގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ދީގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.