Ref: 2025/PR/246
ސިންގަޕޫރުގެ 60ވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލު، ސިންގަޕޫރުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ޑރ. ވިވިއަން ބަލަކްރިޝްނަން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ފާއިތުވި 60 އަހަރުތެރޭގައި ސިންގަޕޫރަށް ގެނެސްފައިވާ ތަރައްޤީއަކީ އެހެން ޤައުމުތަކަށް ލިބޭ ހިއްވަރެއްކަމާއި އަދި ދިވެހިރާއްޖެއާ ސިންގަޕޫރާއި ދެމެދު އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން ކުރިއެރުވުމަށް އެމަނިކުފާނު މަސައްކަތް ކުރަށްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ.
ނިމުނީ