Ref: 2026/PR/21
ސާރބިއާގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މާރކޯ ޑޫރިޗް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ސާރބިއާ ސަރުކާރަށާއި ރައްޔިތުންނަށް، ސާރބިއާގެ ސްޓޭޓްހުޑް ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއި ސަރބިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި އެއްބާރުލުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.