ޚަބަރު

ސާއޮ ޓޯމޭ އެންޑް ޕްރިންސިޕޭގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

ސާއޮ ޓޯމޭ އެންޑް ޕްރިންސިޕޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ގެރެތު ހަދަދް ދޮ އެސްޕިރީޓޯ ސަންތޯ ގުއަޑަލޫޕޭއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ

ސާއޮ ޓޯމޭ އެންޑް ޕްރިންސިޕޭގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ސާއޮ ޓޯމޭ އެންޑް ޕްރިންސިޕޭގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

މިފުރުޞަތުގައި، ދިވެހިރާއްޖެއާއި ސާއޮ ޓޯމޭ އެންޑް ޕްރިންސިޕޭއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންގެންދާނޭކަމުގެ ޔަޤީންކަން އަރުވަމެވެ

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ސާއޮ ޓޯމޭ އެންޑް ޕްރިންސިޕޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960