ޚަބަރު

ސާކް ގެ ސެކްރެޓަރީ ޖެނެރަލް އެމް.ޑީ ގޮލަމް ސަރުވާރު މިނިސްޓަރ އޮފް އެފެއާޒް ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

Ref: 2024/PR/234

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު ވަނީ މިއަދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މޫސާ ޒަމީރު ވަނީ 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް ހޮވިވަޑައިގެންފައި ވާތީ  ސެކްރެޓަރީ ޖެނެރަލް އެމް. ޑީ. ގޮލަމް ސަރުވާރަށް އަށް  މަރްޙަބާ ދަންނަވާފައެވެ.  އަދި، ސެކްރެޓަރީ ޖެނެރަލް  ގެ ތަޖްރިބާއާއި  ހިންގުންތެރިކަން ސާކް ގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަގުފަހިކޮށްދެއްވާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އޮތް ކަމުގައި ވިދާޅުވެފައެވެ.

 އަދި މި ބައްދަލުކުރެއްވުމުގައި، ސާކްގެ މަސަތްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލުބަދަލުކުރައްވާފައިވެއެވެ.

 މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު އަރިހުގައި ފޮރިން ސެކްރެޓްރީ  ފާޠިމަތު ޢިނާޔާ، އެޑިޝަނަލް ސެކްރެޓަރީ މުޙައްމަދު ފައިޞަލް އަދި އެސިސްޓެންޓް ޑިރެކްޓަރ ލީން ފަޒީޙް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސެކްރެޓަރީ ޖެނެރަލް އަރިހުގައި ސާކްގެ ސޯޝަލް އެފެއާޒް އެޓް ސެކްރެޓޭރިއެޓް ގެ ޑިރެކްޓަރ ޝާހިޔާ އަލީލިމަނިކް ބައިވެރިޑައިގެންނެވިއެވެ. 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960