Ref: 2024/PR/136
ޕޯޗުގަލްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕޯޗުގަލްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ޕޯޗުގަލްގެ ރައްޔިތުންނަށް ހޫނު މަރުހަބާ އެއް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
އަޅުގަނޑުގެ އުއްމީދަކީ، މޫސުމަށް އަންނަ ބަދަލުތައް ފަދަ ބައިނަލްއަޤްވާމީ ގޮންޖެހުންތަކާ ބެހޭގޮތުން އަޅުގަނޑުމެންގެ ދެ ގައުމު ގުޅިގެން މަސައްކަތްކޮށް، ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއްބާރުލުން ދީގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.