Ref: 2025/PR/237
ޙާރިޖީ ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަނިކުފާނަށާއި މޮރޮކޯގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި މޮރޮކޯގެ ގުޅުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، އެއްގޮތް ޘަޤާފަތާއި ތާރީޚުގެ ތެރޭގައި ގުޅިފައިވާ ދެމެހެއްޓެނިވި އެކުވެރި ގުޅުމެކެވެ.
ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަދި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
މި ފުރުސަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި މޮރޮކޯގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
ނިމުނީ.