ޚަބަރު

‎‏‎ޕެރޫގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/217

‎‏‎ޕެރޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ހަވިއެއަރ ގޮންސާލީޒް އޮލެއިޗިއާ ފްރޭންކޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‎‏‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޕެރޫ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ޕެރޫގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

‎އަދި ކުރިއަށް އޮތް އަހަރުތަކުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އާއި ޕެރޫއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

‎‏‎މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ޕެރޫގެ ރައްޔިތުންނަށް އަމާން ކަމާއި ކުރިއެރުން  ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުން ދިއުމަށް އެދުމަށް މި ފުރުސަތުގެ ބޭނުން އަޅުގަނޑު ކުރީމެވެ.

‎‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."

‎‏‎ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960