ޚަބަރު

ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ މިނިސްޓަރ ޒަމީރު ފޮނުއްވައިފި

Ref: 2024/PR/251

ޕާކިސްތާނުގެ  މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ މުޙައްމަދް އިޝާގް ޑާރްއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.  

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

ޕާކިސްތާނުގެ މިނިވަންކަމަށް 77 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޕާކިސްތާނުގެ ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ހޫނު ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވަމެވެ. 

ދިވެހިރާއްޖޭގެ ތަރައްޤީއަށް ޕާކިސްތާން ސަރުކާރުން ދެމުންދާ އެހީތެރިކަމަށްޓަކައި އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން، އަދި ދިވެހިރާއްޖެ އާއި ޕާކިސްތާނުން ހިއްސާވާ މަސްލަހަތުތައް ކުރިއެރުވުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން އެއްބާރުލާ  ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީން ކަން އެބައޮތެވެ.   

މަނިކުފާނުގެ ހެޔޮ ދުޅަހެޔޮކަމާއި އުފާވެރިކަމުގެ އިތުރުން ޕާކިސްތާނުގެ  ރައްޔިތުންނަށް ސުލްހައާއި ތަރައްޤީއާއި ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960