ޚަބަރު

ޕާކިސްތާން ގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ފޮރިން މިނިސްޓަރ އާސިމް ބައްދަލުކުރައްވައިފި

24 އޭޕްރީލް 2017 ، އިސްލާމްއާބާދް 

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނުގައި ތިބި ދިވެހި ކިޔަވާ ކުދިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިއީ ދިވެހި ކިޔަވާ ކުދިންގެ ހާލު ބައްލަވައި، އެކުދިންގެ ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް އޮޅުންފިލުމުގެ މަޤްސަދުގައި ބޭއްވެވި ބައްދަލުވުމެކެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވި ކިޔަވާ ކުދިން ވަނީ ފުރުސަތުދެއްވިކަމަށްޓަކައި މިނިސްޓްރ

އާސިމް އަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދިވެހި ކިޔަވާ ކުދިންނަށް ޕާކިސްތާން ސަރުކާރުން ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯއްދެވައިދެއްވާކަމަށްޓަކައި ދިވެހި ސަރުކާރުން ކޮށްދެއްވާ މަސައްކަތްތައްކަށް ޝުކުރުއަދާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި، ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު ސަލީމް، އަލްފާޟިލް އިބްރާހިމް ޝަހީބް، އެޑިޝަނަލް ސެކްރެޓަރީ، އަލްފާޟިލާ އާމިނަތު ޝަބީނާ، ޑިރެކްޓަރ މިނިސްޓްރީ އޮފް ފޮރިން އެފެއާގެ އިތުރުން، ޕާކިސްތާން ގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ ގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލް އަހްމަދު މުޖުތަބާ ބައިވެރިވެ ވަޑައިގަތެވެ. 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960