23 މާރޗް 2017 ، މާލެ،
"ޕާކިސްތާން ޑޭ" ގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް، ޕާކިސްތާންގެ އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ފޮރިން އެފެއާޒް، ހިޒް އެކްސަލެންސީ ސަރުތާޖު ޢަޒީޒްއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ މެސެޖުގައި، ޕާކިސްތާނުގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ހިޒް އެކްސަލަންސީ ސަރުތާޖް ޢަޒީޒްއަށާއި، ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް، މަރުޙަބާ އާއި ތަޙުނިޔާ ވިދާޅުވެފައިވެއެވެ.
އަދި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެ ޤައުމުގެ ގާތް ރަޙުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރު ތަކުގައި އިތުރަށް ބަދަހި ވެގެންދާނޭކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ޕާކިސްތާނު ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.