ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ އާރުޒޫ ރަނާ ޑުއުބާ ޢައްޔަން ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ
ޚާރިޖީ ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ
"ނޭޕާލްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ކަމަނާ ޢައްޔަން ކުރެއްވުމާ ގުޅިގެން ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ
ދިވެހިރާއްޖެ އާއި ނޭޕާލް އާ ދެޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކައްކުރާނެ ކަމުގެ ޔަޤީންކަން މިފުރުޞަތުގައި އަރުވަމެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަނާ އާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރާ ވާހަކަވެސް ދަންނަވަމެވެ
ކަމަނާއަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދި ހެޔޮ އެދުން އަރިސްކުރަމެވެ. އަދި ނޭޕާލްގެ އެކުވެރި ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ދެއްވުން އެދެމެވެ
ނިމުނީ