ޚަބަރު

ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރަށް ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/92

ނެދަރލެންޑްސްގެ ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރު ކެސްޕަރ ވެލްޑްކޭމްޕް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ނެދަރލެންޑްސްގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ވިލެއެމް-އެލެގްޒެންޑަރގެ އުފަންދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ނެދަރލެންޑްސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖެއާއި ނެދަރލެންޑްސްގެ އާ ދެޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމާއި މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާވެރިކަމަށް އެދި ހެޔޮއެދުން ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960