ޚަބަރު

މޮންޓަނޭގްރޯގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ފިލިޕް އިވަނޮވިޗް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މޮންޓަނޭގްރޯގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި މޮންޓަނޭގްރޯގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދިއުމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960