Ref: 2025/PR/351
މޮނާކޯގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އިޒަބެލް ބެރޯ އަމަޑެއި އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި މޮނާކޯ ސަރުކާރަށާއި ރައްޔިތުންނަށް، މޮނާކޯގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި މޮނާކޯއާ ދެމެދު މިހާރު އޮތް އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމަނާ އާ ގާތުން ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމަށް އުންމީދުކުރަމެވެ.
އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
ނިމުނީ.