ޚަބަރު

މިޞްރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު  ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިޞްރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/216

މިޞްރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޑރ. ބަދުރު އަޙްމަދު މުޙައްމަދު ޢަބްދުލްޢާތީ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީ:

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި މިޞްރުގެ ސަރުކާރަށާއި ރައްޔިތުންނަށް، މިޞްރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އުފެދިފައިވާ އަޚްވަންތަކަމުގެ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. މި ފުރުސަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި މިޞްރުގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960