ޚަބަރު

މިސްރަށް ދާ ދިވެހިންނަށް ވިސާ އޮން އެރައިވަލްގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ

މިސްރަށް ދާ ދިވެހިންނަށް ވިސާ އޮން އެރައިވަލްގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ

 

ދިވެހިރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ. މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. މި ވިސާއަކީ ޓޫރިސްޓް ވިސާއެކެވެ. އަދި މި ވިސާގެ ފީއަކީ 25 ޑޮލަރެވެ.

ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިޞްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް ޙާޞިލްކުރުމަށް ނުވަތަ މިޞްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިޞްރަށް ދަތުރުކުމުގެކުރިން އެކަމަކާގުޅޭ ވިސާއެއް ނަގަންޖެހޭނެއެވެ.

ދިވެހިންނަށް މިޞްރަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި މިޞްރުން ދިވެހިރާއްޖެއަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960