1 މާރޗް 2017، މާލެ – Ref:2017-093
27 ފެބްރުއަރީ 2017 ގައި ބޭއްވުނު އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 34 ވަނަ ސެޝަނުގެ ހައި ލެވެލް ސެގްމަންޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަނީ މިއަދު މާލެ ވަޑައިގެންފިއެވެ.
ޖެނީވާގައި ކުރިއަށް ގެންދެވުނު މިކައުންސިލްގެ ހައި ލެވެލް ސެގްމަންޓުގައި މިނިސްޓަރ އާސިމް ވަނީ މުޙާތަބު ކުރައްވާފައެވެ. ހައި ލެވެލް ސެޝަނުގެ ސައިޑް ލައިނުގައި މިނިސްޓަރ އާސިމް ވަނީ ޑެންމާކުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މރ.އެންޑަރޒް ސެމިއުލްސަން އާއި، ޕާލިމެންޓަރީ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ދަ ފޮރިން އެންޑް ކޮމަންވެލްތް އޮފީސް އެންޑް މިނިސްޓަރ ފޯރ އޭޝިޔާ އެންޑް ދަ ޕެސިފިކް އޮފް ޔޫކޭ މރ.އާލޮކް ޝަރްމާ އާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮފް އޮސްޓްރޭލިޔާ މސ.ޖޫލީ ބިޝޮޕް އަދި އ.ދ.ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް މރ. ޒައިދް ރާއަދް އަލް ހުސެއިން އާއި ބައްދަލުކުރައްވާފައެވެ. ދިވެހިރާއްޖެ އާއި އޮސްޓްރޭލިޔާ އިން ގުޅިގެން ބޭއްވުނު ސައިޑް އިވެންޓް "ފްރެންޑް އޮފް ސިޑްސް" ގައި ވެސް މިނިސްޓަރ ވަނީ މުޙާތަބު ކުރައްވާފައިއެވެ.
އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު 34 ވަނަ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 މާރޗް 2017 ގެ ނިޔަލަށެވެ.