ޚަބަރު

ދިވެހިރާއްޖެ އާއި ޖަޕާންއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ގުޅޭގޮތުން ފަރުމާކޮށްފައިވާ ލޯގޯ ތައާރަފްކުރުން

28 ފެބްރުއަރީ 2017، މާލެ، ދިވެހިރާއްޖެ – Ref: 2017-086

ދިވެހިރާއްޖެ އާއި ޖަޕާންއާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ގުޅޭގޮތުން، ފަރުމާކޮށްފައިވާ ލޯގޯ ދިވެހިރާއްޖެ އާއި ޖަޕާނުން މިއަދުވަނީ ތައާރަފްކޮށްފައެވެ. މި ލޯގޯއަކީ 27 ޑިސެމްބަރ 2016 އިން 27 ޖެނުއަރީ 2017 އާ ހަމަޔަށް ކުރިއަށް ގެންގޮަސްފައިވާ މުބާރާތައް ހުށަހަޅުއްވާފައިވާ 28 ލޯގޯގެ ތެރެއިން އެއްވަނައަށް ހޮވިފައިވާ ލޯގޯއެވެ. މި ލޯގޯއަކީ ޖަޕާންގެ ރައްޔިތެއްކަމުގައިވާ މިސްޓަރ. އަކިރާ އުނޯ ފަރުމާކޮށްފައިވާ ލޯގޯއެކެވެ.

ދިވެހިރާއްޖެއާއި ޖަޕާންއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 14 ނޮވެމްބަރ 1967 ގައިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960