ޚަބަރު

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/254

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޑޮމިނީކް ހެސްލަރ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ. 

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި، ލިކްޓަންސްޓައިންގެ ސަރުކާރާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމައެކު ތަހުނިޔާ ދަންނަވަމެވެ.

އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުން ގުޅިގެން ކުރަމުން އަންނަ މުހިންމު ކަންކަން ކުރިއެރުވުމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ގާއިމުވެފައިވާ ގާތް ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިވުމާއީ ބައިނަލްއަގްވާމީ ދުނިޔޭގައި ދެ ޤައުމުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައްވެސް އިތުރުވެގެންދިޔުމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960