Ref: 2024/PR/237
ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ކަކޫ ހުއަޖާ ލިއޯން އެޑޮމްއަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
" ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ކޮޓްޑިވުއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި ކޮޓްޑިވުއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަނިކުފާނާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން އަރުވަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކޮޓްޑިވުއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."