Ref: 2025/PR/272
ކޮސްޓަ ރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަރނޮލްޑޯ ރިކާރޑޯ އާންޑްރޭ ޓިނޯކޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ކޮސްޓަ ރިކާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.
ދިވެހިރާއްޖެއާއި ކޮސްޓަ ރީކާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމާއި އެއްބާރުލުން މުސްތަޤުބަލުގައި އިތުރަށް ކުރިއަރައި ވަރުގަދަވެގެންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.