ޚަބަރު

ކޮސޯވޯއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

27 އެޕްރީލް 2017، މާލެ 

ކޮސޯވޯއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހިޒް އެކްސެލެންސީ ޑރ. ރެކްސްހެޕް ބޯޖާ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްއާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި

ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޑރ. ޢާޞިމް ވަނީ ޑރ. ބޯޖާއަށް ތަހްނިޔާ ވިދާޅުވެފައެވެ. އަދި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޢާޞިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ. މިގޮތުން، ޓުއަރިޒަމާއި ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި ސެކްރެޓަރީ ބައިލެޓްރަލް، އަލްފާޟިލް އަހުމަދު ޚަލީލާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރުން ކަމުގައިވާ އަލްފާޟިލާ ޝިއުނީން ރަޝީދު އާއި އަލްފާޟިލާ މޫމިނާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960