ޚަބަރު

ކޮލޮމްބިއާގެ ޚާރިޖީ ވަޒީރަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/208

‏‎ކޮލޮމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ލުއިސް ޖިލްބެރްތޯ މުރިއްލޯ އުރޫތިއާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ކޮލޮމްބިއާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ކޮލޮމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

‏‎ދިވެހިރާއްޖެ އާއި ކޮލޮމްބިއާ އާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

‏‎މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ކޮލޮމްބިއާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އެދުމަށް މި ފުރުސަތުގެ ބޭނުން އަޅުގަނޑު ކުރީމެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ.”

‏‎ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960