ޚަބަރު

ކިރިބަސްގެ ރައީސް، ހެޑް އޮފް ސްޓޭޓް އަދި ޚާރިޖީ ވަޒީރަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ މިނިސްޓަރ ޒަމީރު ފޮނުއްވައިފި

ކިރިބަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް، ހެޑް އޮފް ސްޓޭޓް އަދި ޚާރިޖީ ވަޒީރު، ޓަނެޓީ މާމާއު އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ކިރިބަސްގެ  މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނާއި ކިރިބަސް ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

ދިވެހިރާއްޖެއާއި ކިރިބަސްއަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ގެ ދެ ޤައުމުކަމުގައިވާތީ، ދެގައު ދެމެދުގައި އޮންނަ ގާތް  ރަހުމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ކިރިބަސްގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ

އަދި، މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960