އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރު މިހާރު ރާާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއަާ ދެމެދު ރަޙްމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ޕްރައި މިނިސްޓަރ ގެ ވަން ޓްރީ ފޮރ މަތަރ ޕްރޮޖެކްޓް ބައިވެރިވުމުގެ ގޮތުން ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވައިފިއެވެ.
ސްޓަރ ފުރުޓް މިގަސް އިންދަވާފައި ވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަދި އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރުއެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗެންޖް ތޯރިގު އިބްރާހީމާއި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގަތެެވެ.