Ref: 2024/PR/367
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޕެލްޕޮލަގެ ރަންގަ ސުޖީވާ ގުނަވަރުދަނާ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ސްރީލަންކާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅަށް ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. މިގޮތުން، ވަކިން ހާއްސަކޮށް އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރިއެރުވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. ހައިކޮމިޝަނަރު ގުނަވަރްދަނާ ގެ ސަފީރުކަމުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އެ މަނިކުފާނަށް ދިން އެއްބާރުލުމާއި މެހެމާންދާރީ އަށް ޝުކުރު އަދާ ކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގެ އަރިހުގައި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދު އާއި އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު އަބްދުالله ދީދީ އަދި އެސިސްޓަންޓް ޑިރެކްޓަރު އަލްފާޟިލް އިބްރާހީމް ނައުޝާދު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.