Ref: 2025/PR/74
ޕާކިސްތާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
ޕާކިސްތާންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް މަނިކުފާނަށާއި ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރަމެވެ.
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ތަރައްޤީއަށް ފާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކަމަށް ޝުކުރު އަދާ ކުރަމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ ފުޅާ ވެގެންދާނެކަމަށް އަޅުގަނޑު ޔަޤީން ކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދެމެވެ.
ނިމުނީ