Ref: 2025/PR/67
މޮރިޝަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އޮނަރަބަލް ދަނަންޖޭ ރާމްފުލްއަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
މޮރިޝަސްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް މަނިކުފާނަށާއި މޮރިޝަސްގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި މޮރިޝަސްގެ ރައްޔިތުންނަށް އުފާފާގަތިކަމަށް އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."