Ref: 2025/PR/54
ޚާރިޖީ ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ކުވައިތުގެ ޤައުމީ ދުވަސް އަދި ލިބަރޭޝަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ކުވައިތުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ކުވައިތުގެ ގުޅުމަކީ އިސްލާމީ ރިވެތި އަޚްލާޤާއި ޘަޤާފަތާއި ތާރީޚުގެ ތެރޭގައި ގުޅިފައިވާ ދެމެހެއްޓެނިވި އެކުވެރި ގުޅުމެކެވެ.
ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަދި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
މި ފުރުސަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކުވައިތުގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."
ނިމުނީ.