Ref: 2025/PR/301
01 އޮކްޓޯބަރ 2025, މާލެ
ފިލިޕީންސް އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓަރ ހަރ އެކްސެލެންސީ މާރިޔާ ތެރީސާ ލަޒާރޯ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ޑރ. ޢަބްދުالله ޚަލީލް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
.
މިނިސްޓަރގެ މެސެޖްގައި ވަނީ، ފިލިޕީންސްއަށް އައި ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ޒަހަމްވެ، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަން ވިދާޅުވެފައިވެއެވެ.
އަދި ޕިލިޕީންސްއަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕިލިޕީންސް ސަރުކާރަށާއި، ރައްޔިތުންނަށާއި، އަދި ޚާއްޞަކޮށް، މި ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އަދި މީގެ އިތުރުން، މި ކާރިސާއިން ލިބުނު ގެއްލުންތަކުން ސަލާމަތްވުމަށް ފިލިޕީންްސް ސަރުކާރާއި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް ކާމިޔާބުލިބުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ނިމުނީ