ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ޔުގާންޑާގެ ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2024/PR/329

ޔުގާންޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖެނެރަލް އޮޑޮންގޯ ޖެޖޭ އަބޫބަކަރްއަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ޔުގާންޑާގެ ސަރުކާރަށް އަދި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ޔުގާންޑާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.

މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ޔުގާންޑާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފަނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960