ޚަބަރު

ކަޒަކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އެޤައުމުގެ ޚާރޖީ ވަޒީރު މުރާތު ނާރޓްލޫ އަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/395

ކަޒަކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރޖީ ވަޒީރު މުރާތު ނާރޓްލޫ އަށް، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރުގެ މެސެޖުގައި ކަޒަކިސްތާންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް  ކަޒަކިސްތާންގެ ޚާރިޖީ ވަޒީރަށާއި، ކަޒަކިސްތާންގެ ސަރުކާރަށް އަދި ރައްޔިތުންނަށް އަރިސްކުރެއްވިއެވެ. 

އެ މެސެޖުގައި ދިވެހިރާއްޖެއާއި ކަޒަކިސްތާންއާ ދެމެދު އޮތް ގުޅުން ކުރިއަރަމުން އައިސްފައިވާކަން ފާހަގަ ކުރައްވާ، ދެޤައުމުގެ ގުޅުން، އިތުރަށް ފުޅާކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ބަޔާންކުރެއްވިއެވެ. 

މި މުނާސަބާގައި، އެމަނިކުފާނު ވަނީ ކަޒަކިސްތާންގެ ޚާރިޖީ ވަޒީރަށާއި، ކަޒަކިސްތާނުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދޭކަންވެސް ފާހަގަކުރައްވާފައެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960