ޚަބަރު

ކަޒަކިސްތާންގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، އެޤައުމުގެ ޚާރޖީ ވަޒީރު މުރާތު ނާރޓްލޫ އަށް ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/341

ކަޒަކިސްތާންގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރޖީ ވަޒީރު މުރާތު ނާރޓްލޫ އަށް، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ކަޒަކިސްތާންގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ކަޒަކިސްތާންގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި ކަޒަކިސްތާންއާ ދެމެދު އޮންނަ ރަޚްމަތްތެރިކަމުގެ ގުޅުން، ދެޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ފައިދާއަށްޓަކައި އިތުރަށް ހަރުދަނާކުރުމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އަދި މިފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ކާމިޔާބީ އަދި ކަޒަކިސްތާނުގެ ރައްޔިތުންނަށް އަމާން އަދި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960