Ref: 2024/PR/288
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރުގެ އަރިހަށް ޖޯޖިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވަޚްތާންގް ޖޯޝްވިލީ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު މޫސާ ޒަމީރު ވަނީ ސަފީރު ޖޯޝްވިލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ސަފީރު ޖޯޝްވިލީ ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ޖޯޖިއާއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް އިތުރުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް ގެ އިތުރުން ޑެޕިއުޓީ ޑެސްކް އޮފިސަރ ޚަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.