ޚަބަރު

އިޓަލީގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2024/PR/128

އިޓަލީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖާނީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިޓަލީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އިޓަލީގެ ރައްޔިތުންނަށް  އިޚްލާސްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވަމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި އިޓަލީ އާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުފަހުން 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ދިވެހިރާއްޖެއިން ދެކެނީ އިޓަލީއަކީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ. އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖެއާއި އިޓަލީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ދެމެދުގައި ފައިދާހުރި ރަނގަޅު މަސައްކަތްތައް ކުރިޔަށް ގެންދިޔުމެވެ.
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި އިޓަލީގެ ރައްޔިތުންނަށް ސުލްހަ އާއި ތަނަވަސްކަން އިތުރު ވުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960