ޚަބަރު

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

5 އެޕްރީލް 2017، މާލެ 

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖޭމްސް ޑައުރިސް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ އާސިމް އާއި ސަފީރު މަޝްވަރާކުރެއްވިއެވެ.

 

މިބައްދަލުވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި ސެކްރެޓަރީ ބައިލެޓްރަލް، އަލްފާޟިލް އަހުމަދު ޚަލީލާއި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960