ޚަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

12 އޭޕްރީލް 2017 - މާލެ،

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސަލެންސީ ޑރ. އެސް. ޖައިޝަންކަރް ރަސްމީ ދަތުރުފުޅެއްގައި މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފޮރިން ސެކްރެޓަރީ
ޖައިޝަންކަރުގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މރ. ސަންޖޭ ޕަންޑާ، ޖޮއިންޓް ސެކްރެޓަރީ (އައި.އޯ.އާރ.) އަދި
ޖޮއިންޓް ސެކްރެޓަރީ މރ. އެމް. ސުބަރަޔުދާ ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960