ޚަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

13 އޭޕްރީލް 2017 - މާލެ،

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ، ހިޒް އެކްސަލެންސީ ޑރ. އެސް. ޖައިޝަންކަރު ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާސިމްގެ އަރިހަށް މިއަދު ހެނދުނުގެ ވަގުތެއްގައި އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެޤައުމުގެ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، ތަފާތު ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިނިސްޓަރ އާސިމްގެ ވާހަަކަފުޅުގައި، ދިވެހިރާއްޖޭގެ އަސްކަރީ، ސިއްޙީ، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް  އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ދިވެހި ސަރުކާރުން ފާހަގަ ކުރާކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި،  ފޮރިން ސެކްރެޓަރީ ޑޮކްޓަރ އަލީ ނަޞީރު މުޙައްމަދާއި ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލް، އާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު އަޒީމާ، ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960