ޚަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އާއި ބައްދަލު ކުރައްވައިފި

13 އޭޕްރީލް 2017 - މާލެ،

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ، ހިޒް އެކްސަލެންސީ ޑރ. އެސް. ޖައިޝަންކަރު ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަޞީރު މުޙައްމަދާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެޤަޢުމުގެ ގާތް ރަޙުމަތްތެރި ގުޅުމަށް އަލި އަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހި ކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ ސެކްރެޓަރީ، ބައިލެޓްރަލް، އަލްފާޟިލް އަޙުމަދު ޙަލީލް އާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު އަޒީމާ، އަދި އެސިސްޓެންޓް ޑިރެކްޓަރ، އަލްފާޟިލާ ސަމާޙަތު ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960