Ref: 2025/PR/75
ގްރީސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޔޯރްޔޮސް ޔެރަޕެތްރީތިސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ގްރީސް ސަރުކާރަށާއި ރައްޔިތުންނަށް، ގްރސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި ގްރީސް އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.