Ref: 2024/PR/312
ގިނީ-ބިސާއޫގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ކާލޯސް ޕިންޓޯ ޕެރޭރާއަށް، ޚަރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ގިނީ-ބިސާއޫގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ގިނީ-ބިސާއޫގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ.
ދިވެހިރާއްޖެއާއި ގިނީ-ބިސާއޫއާ ދެމެދު އޮންނަ ގުޅުމުގެ އަގު ވަޒަންކޮށް، ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމުގެ އުއްމީދު ކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ގިނީ-ބިސާއޫގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ."